މިގޮތުން އެންމެ ފަހުން ބޮލީވުޑްގެ ފިލްމީތަރި އުރްވާށީ ރައުޓެލާ މިވަނީ އީރާން އަންހެން ކުދިންނަށް ސަޕޯޓު ކުރުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑުން ބައެއް ބުރިކޮށްލާފައެވެ.
އުރްވާށީގެ އިތަށިގަނޑު ކޮށާލާ ފޮޓޯއާއެކު އޭނާ ބުނެފައިވަނީ، މިއީ ރާނުގެ ފުލުުން ހައްޔަރުކޮށް މަރައިލި މަހްސާ އަމީނީ އާއި، އަނިޔާވެރިކޮށް މަރައިލި 19 އަހަރުގެ އަންކީތާ ބަހަންޑްރީ ގެ ހަނދާނުގައި ކުރިކަމެއް ކަމަށެވެ.
ދާދިފަހުން އުރުވާށީ ވަނީ އޭނާ އީރާނު އަންހެން ކުދިންނަށް ސަޕޯޓުކޮށް ހަދާތީ ސޯޝަަލް މީޑިއާގައި ބައެއް މީހުން އޭނާ ބުލީކޮށް ވެސް ހަދާކަމަށެވެ. އެހެން ނަމަވެސް އޭނާ ފަސް ނުޖެހޭނެކަމަށް އުރުވާށީ ބުނެއެވެ.