އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމާއެކަމުގެ އިތުރު ތަފްސީލެއް އަހްމަދު ނުދެއްވައެވެ.
މާލެ އަތޮޅު މާފުށީގައި ހުންނަ ރާއްޖޭގެ މައި ޖަލުން އަދި ހިންމަފުށި ޖަލުން މީގެކުރިންވެސް ގައިދީން ފިލާފައިވެ އެވެ. ގިނަ ފަހަރު ލަސްތަކެއް ނުވެ މިފަދަ މީހުން އަތުލައިގަނެވެއެވެ.