ads
މިނިސްޓަރު މުހައްމަދު އަސްލަމް
އީއައިއޭއާ ހިލާފުވެގެން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި
އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް ނުވަތަ ތިމާވެށްޓަށް ކުރާ އަސަރު ދެނެގަންނަ ރިޕޯޓާ ހިލާފަށް އައްޑޫ ސިޓީ މަރަދޫފޭދޫގެ ބަނދަރު ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވާތީ ޕްލޭނިން މިނިސްޓްރީ މިއަދު ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އީއައިއޭއާ ހިލާފަށް އެ އެޖެންސީގެ ހުއްދަ ނެތި ޕްލޭނިން މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ތީ އެ މިނިސްޓްރީ 120،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

މިއީ އެއީ އެ މިނިސްޓްރީ އެފަދަ ކުށެއް ތަކުރާރު ކުރި ތިންވަނަ ފަހަރު ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭއިން އަންގާފައިވަނީ ޖޫރިމަނާއަށް ވާ ފައިސާ، މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކާށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް