
ފޮޓޯ: މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ އަލިފުއްޓަށް
ސީއެންއެމް ނިއުސް ޓީމް
19 މޭ 2024 - 12:00:15
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ރ. އަލިފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން ވަނީ، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އަލިފުއްޓަށެވެ. އެ ރަށަށް 40.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފާއިތުވި 24 ގަޑީރު ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތަށް:
- ހއ. ކެލާ - 19.8 މިލިމީޓަރު
- ރ. އަލިފުށި - 40.4 މިލިމީޓަރު
- ހދ. ކުޅުދުއްފުށި - 19.1 މިލިމީޓަރު
- ހދ. މަކުނުދޫ - 37.9 މިލިމީޓަރު
- ށ. ކޮމަންޑޫ - 29.7 މިލިމީޓަރު
- ނ. މާފަރު - 40.1 މިލިމީޓަރު
- ހުޅުލެ - 26.1 މިލިމީޓަރު
- މާލެ - 21.1 މިލިމީޓަރު
ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް