ads
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހެއްގެ އަތުގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި
ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހެއްގެ ގައިގާ ދަތްއެޅި އަންހެނަކީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ދަތް އެޅީ އަންހެން ފުލުހެއްގެ ކަމެއް ނުވަތަ ފިރިހެން ފުލުހެއްގެ ކަމެއް ސާފެއް ނުވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގަށް އޭނާވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. ބަންދުގެ މުއްދަތު މަޖިލީހުގައި އެ އަންހެން މީހާވަނީ ފުލުހެއްގެ އަތުގައި ދަތް އެޅިފައިވަނީ މަސްތުވެގެން ހުރެ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އެ ކަމަށް މާފަށް އެދިފައެވެ.

ފުލުހެއްގެ އަތުގައި ދަތް އެޅި އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރަނީވެސް މާރާމާރީ ހިންގުމުގެ ތުހުމަތެވެ.

ފުލުހެއްގެ އަތުގައި ދަތް އަޅައިގެން އަންހެނަކު ހައްޔަރުކޮށްފައިވާއިރު، ޕޮލިސް ސްޓޭޝަނަކަށްވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކުވެސް މި ފަހުން ހައްޔަރުކޮށްފައިވެއެވެ.

56%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް