ads
ސެލީނާ އަދި ހެއިލީ
ޖަސްޓިންގެ އެކްސް ސެލީނާ އާއި އަންހެނުން ހެއިލީ 4 އަހަރަށްފަހު ސުލުހަވެއްޖެ
ހޮލީވުޑުގެ މަޝްހޫރު އެކްޓަރު އަދި ލަވަކިއުންތެރިޔާ ސެލީނާ ގޮމޭޒާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބެއިބާގެ އަންހެނުން ހެއިލީ ބެއިބާ އާއިމެދު ހިތްހަމަ ނުޖެހުން އުފެދިފައިވާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތައް އެކީގައި ނެގި ފޮޓޯގަނޑަކުން ހައްލުކޮށްފި އެވެ.
Advertisement

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރުތަކެއްފަހުން ސެލީނާ އާއި ޖަސްޓިން ރުޅިވެ، އޭގެ މަހެއްފަހުން 2018 ވަނަ އަހަރުގެ ތެރޭގައި ހެއިލީ އާއި ޖަސްޓިން ކައިވެނިކުރި އެވެ. 

ސެލީނާ އާއި ރުޅިވިތާ މަހެއްގެ ތެރޭ ހެއިލީ އާއި ކައިވެނި ކުރުމުން ސެލީނާގެ ފޭނުން ގަބޫލުކުރީ ހެއިލީ އާއި ޖަސްޓިންގެ ދެމެދުގައި ލޯބީގެ ގުޅުން މާކުރިންވެސް އޮތްކަމަށާއި، ސެލީނާ އާއި އެކު އުޅުނުއިރުވެސް ހެއިލީ އާއި ޖަސްޓިންގެ ލޯބީގެ ގުޅުން އޮތް ކަމަށެވެ. އަދި ޖަސްޓިން އާއި ސެލީނާ ރުޅިވީ ހެއިލީ އެދޭތެރެއަށް ވަދެގެން ކަމަށް ބުނެ ހެއިލީއަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

މި ފާޑުކިއުންތަކަށް ރައްދުދީ މިފަހުން ހެއިލީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ސެލީނާ އާއިއެކު ޖަސްޓިން އުޅުނުއިރު ހެއިލީ އާއި ޖަސްޓިންގެ ދެމެދުގައި ރޮމޭންޓިކް ގުޅުމެއް ނެތްކަމަށް ބުނެފައެވެެ.  

އޭގެ ދެ ހަފްތާ ފަހުން އޮތް ހައިޕްރޮފައިލް އިވެންޓެއްތެރޭ ސެލީނާ އާއި ހެއިލީ ދިމާވުމުން ދެމީހުން ވަނީ ފުރަތަމަ ފަހަރަށް ފޮޓޯގަނޑަަކަށް ހުއްޓި ފެތުރޭ އަޑުތަކުގައި ފުލުސް ސްޓޮޕް ޖަހާފައެވެެ. 

your imageސެލީނާ އަދި ހެއިލީ ހަތަރު އަހަރުފަހުން ފޮޓޯގަނޑަކަށް އެކީ ހުއްޓުނު ފުރަތަމަ ފަހަރު

ސޯޝަލް މީޑިއާގައި ދައުރުވާ މި ފޮޓޯތަކުން ފެންނަގޮތުން ދެމީހުންގެ ދެމެދުގައި މިހާރު އެއްވެސް ރުޅިވެރިކަމެއް ނެތެވެ. ބައްދާލައިގެން ނަގާފައިވާ ފޮޓޯތަކެއްވެސް ހުރިއިރު އެއްބަޔަކު މި ފޮޓޯތައް ފެނި އުފާކުރިއެވެ. އަނެއްބަޔަކު ބުނަނީ އެއީ ހަމަ ދައްކާލި މަންޒަރެއް ކަމަށެވެ.

89%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް