ads
ގުދުސް
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދެން ގަބޫލެއް ނުކުރާނަން: އޮސްޓްރޭލިޔާ
ހައްދުފަހަނާ އަޅާފައިވާ އިޒްރާއީލުން ވެރިވެގެންފައިވާ، ފަލަސްތީނުގެ ހުޅަނގު ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައި ނުގަންނާނެ ކަމަށް، އޮސްޓްރޭލިޔާ ސަރުކާރުން ބުނެފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު އޮސްޓްރޭލިއާގެ އޭރުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ސަރުކާރުން ވަނީ، ހުޅަނގު ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަންފަ އެވެ. އޭރު އެގައުމުން އިޒްރާއީލުގެ ވެރިރަށް ގޮތުގައި ހުޅަނގު ގުދުސް ބަލައިގަތީ، އެމެރިކާއިން އިޒްރާއީލުގެ ވެރިރަށަކީ ހުޅަނގު ގުދުސްކަމަށް ގަބޫލު ކުރުމުންނެވެ. 

އަދި އެގައުމުގެ އެމްބަސީވެސް ހުޅަނގު ގުދުސް އަށް ބަދަލު ކުރީ، އެމެރިކާއިން އެގައުމުގެ އެމްބަސީ ހުޅަނގު ގުދުސް އަށް ބަދަލު ކުރުމުންނެވެ. 

އެހެން ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މީގެ ކުރިން އެގައުމުން ބަލައިގެން ނިންމުން މިހާރު ބަދަލު ކޮށްފައި ވާކަމަށެވެ. އަދި އެގައުމުން ގެންގުޅޭ ސިޔާސަތަކީ، އަދި ގަބޫލުކުރާ ގޮތަކީ، އިޒްރާއީލާ ފަލަސްތީނާ އެކުވެގެން ގާއިމް ކުރެވޭ ސަރަހައްދީ އިންތައް ކަމަށާއި، އޭގެ ބޭރުން ހަދާ ސަރަހައްދީ އިންތިކަކީ އޮސްޓްރޭލިއާއިން ބަލައިގަންނާނެ ތަންތަން ނޫން ކަމަށެވެ. 

އަދި ކުރިން އެގައުމުގެ އެމްބަސީ ހުރި ހުޅަނގު ގުދުސް އިން، އެމްބަސީ މިހާރު އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އަށް ބަދަލުކުރަން ނިންމާފައި ވާކަމަށްވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ދެގައުމުގެ ދެމެދު އުފެދިފައިވާ އެންމެ ބޮޑު ހަމަނުޖެހުންތަކަކީވެސް ގުދުސް ކަމަށާއި، އެހެން ކަމުން މިކަން ދެގައުމުން ވެގެން ހައްލުކޮށް، ދެގައުމުގެ ރައްޔިތުންނަށްވެސް ހަމަޖެހިގެން އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. 

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް