ads
ނައިޖީރިއާގެ 1300 އަކަމީޓަރު ސަރަހައްދެއް އޮތީ ފެނުއަޑީގައި
ނައިޖީރިއާގައި ފެންބޮޑުވެ 603 މީހުން މަރުވެއްޖެ، ބޮޑު ސަރަހައްދެއް އޮތީ ފެނުއަޑީގައި
ނައިޖީރީއަށް މިއަހަރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 603 އަށް އަރައިފި އެވެ.

އެގައުމުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ވުޒާރާއިން އާދިއްތަ ދުވަހު ބުނިގޮތުގައި މި ހާދިސާތަކުގައި ނައިޖީރިއާގެ 33 ސްޓޭޓެއްގެ 1.3 މިލިއަން މީހުންގެ ގެދޮރު ގެއްލި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައި ވެެއެވެ.

އަދި 3400 ކިލޯމީޓަރުގެ ސަރަހައްދެއް ފެނުއަޑީގައި ވާއިރު، 82000 އަށްވުރެ ގިނަ ގެދޮރު އެއްކޮށް ވަނީ ނެތިގޮސްފައެވެ. 

your imageނައިޖީރިއާގެ ބޮޑު ސަރަހައްދެއް އަކަމީޓަރު ފެނުއަޑީގައި

ނަޖީރިއާގެ އައްސޭރިފަށުގެ ހިސާބުތަކަށް ކޮންމެ އަހަރަކުވެސް ފަންބޮޑުވުމުގެ ދަތިކަން ކުރިމަތިވެއެވެ. ނަމަވެސް އެގައުމުން ބުނާގޮތުން މިއަހަރުގެ ފެންބޮޑުވުންތަކަކީ ފާއިތުވި 10 އަހަރު ތެރޭ އެންމެ ބޮޑަށް ފެންބޮޑުވި ފަހަރެވެ. މިފަހަރު ފެންބޮޑުވުންތަކުގެ ގެއްލުން ބޮޑުވީ އަވަށްޓެރި ކެމެރޫން އިން ލަގްޑޯ ޑޭމަށް އެއްވެފައި ހުރި އިތުރު ފެންތައް ދޫކޮށްލުމުގެ އިތުރުން ގަދަ ވިއްސާރަ މޫސުމަކާއި މިފަހަރު ކުރިމަތިވުމުން ނެވެ. 

your imageނައިޖީރިއާ——

ނައިޖީރިއާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ރިޕޯޓުކޮށްފައިވާގޮތުން، އެންމެ ކަންބޮޑުވުން އޮތްކަމަކީ މިހާރުވެސް ވެހެމުންދާ ވިއްސާރައާއިއެކު ކުރިއަށް އޮތް ދުވަސްތަކަކީވެސް ވިއްސާރަ ދުވަސްތަކަކަށް ވުމުން ނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް