ads
އެލްނާޒްް އޭޝިއަންސް ގޭމްގައި ބުރުގާ ނާޅާ
ބުރުގާ ނާޅައި އޭޝިއަން ގޭމްސްގައި އުޅުނު އިރާނުގެ އެތްލީޓެއް ގެއްލުވާލައިފި
ބުރުގާ ނާޅައި އޭޝިއަންސް ގޭމްސްގައި ބައިވެރިވި އީރާންގެ އެތްލީޓެއް ގެއްލުވާލައިިފިއެވެ.
Advertisement

އެލްނާޒް ރެކާބީ ނަމަކަށް ކިޔާ މި އެތްލީޓް ގެއްލުވާލީ އީރާނުގެ ހައްދު ފަހަނަ އަޅާފައިވާ ސަރުކާރުން ކަމަށް ތުހުމަތުކުރެވެއެވެ. 

އޭނާ ކުރިން މުބާރާތްތަކުގައި ފެންނަނީ ބުރުގާ އަޅައިގެން އުޅޭ ތަނެވެ. ނަމަވެސް އިއްޔެ އޭނާ އޭޝިއަން ގޭމްސްގައި ބައިވެރިވިއިރު އޭނާ ހުރީ ބުރުގާ ނަގައިގެންނެވެ. އެނާ އަކީ ކްލައިންބިން އެތްލީޓެކެވެ. 

އޭނާ ބުރުގާ ނާޅައި މުބާރާތެއްގައި ބައިވެރިވެފައި އެނބުރި ގައުމަށް އައުމުން އީރާނު ސަރުކާރުން ވަނީ އޭނާގެ ޕާސްޕޯޓާއި ފޯނު ވެސް ހިފަހައްޓާފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ބުރުގާ ނާޅައި އޭޝިއަން ގޭމްސްގައި ބައިވެރިވީ ގަސްތުގައި ނޫންކަމަށެވެ. 

އޭނާ ގެއްލުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ އީރާނުގެ ސަރުކާރަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންނެވެ. 

އޭޝިއަން ގޭމްސްގައި ބައިވެރިވުމަށްފަހު އޭނާ ސޯވްލް އިން އީރާން އަށް ފުރީ މިއަދު ހެނދުނުއެވެ. 

އީރާންގައި ބުރުގާ ނަގައި އިތަށިގަނޑު ބުރި ކޮށްލާ އަންހެނުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ގެންދަނީ ބޮޑެތި އަނިޔާތަކެއް ދެމުންނެވެ. މީގެ ކުރުން ވެސް އީރާނުގެ ސަލާމަތީ ބާރުތަކުން ނުކުމެ ތަޅައި އަނިޔާކޮށް ބުރުގާ ނަގާ މީހުން ވަނީ މަރާލާފައެވެ. މި މައްސަލައިގައި އީރާންގެ މަގުތަކަށް ނުކުމެ އެތައް ބަޔަކު ގެންދަނީ މުޒާހަރާކޮށް ވެސް ހަދަމުންނެވެ.

އީރާނުގެ ހަމަނުޖެހުންތައް ފެށުނީ މާށާ އަމީނީ، 21 ރަނގަޅަށް ބުރުގާ ނާޅާކަމަށްބުނެ ހައްދުފަހަނައެޅި ބަޔަކު އެކުއްޖާ ގައިގައި ތަޅާ މަރާލުމާ ގުޅިގެންނެނެވެ. އީރާނުގެ މުޒާހަރާތަކަށް ފަސް ހަފްތާ ވެފައިވާއިރު 201 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 21 ކުޑަކުދިންވެސް ހިމެނެއެވެ.  

27%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް