ads
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުން——
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ދޭން ނިންމަވައިފި
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ދެއްވުމަށް ނިންމައިފި އެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިން ނެވެ. 

ރައީސް އޮފީހުން މިއަދު ބުނީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އެރުވުމަށް އެ ކޮމިޓީން ނިންމާފައިވާއިރު، އެ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.

މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަން ނިންމަވާފައިވަނީ 19 ބޭފުޅަކަށާއި، ތިން ފަރާތަކަށެވެ.  

މިބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް މާދަމާ ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ސޯލިހް، ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހަތަރު ބޭފުޅަކަށް އެރުވިއެވެ.  އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ފަރާތަކަށް ދެެއްވި އެވެ. 

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް މިދިޔަ އަހަރު ވަނީ އަރުވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް