ads
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް.. މިނިވަންދުވަހުގެ ހިތޯބު އިއްވަވަނީ.. ފޮޓޯ. ރައީސް އޮފީސް
ރައީސް މިރޭ ގައުމާ މުހާތަބް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިރޭ ދިވެހި ގައުމާ މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިރޭ ގައުމާ މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާނީ، މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް މި ރޭ، 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.

ރައީސުލް ޖުމްހޫރިއްޔާ މިރޭ ގައުމާ މުހާތަބް ކުރައްވާއިރު، އެންމެ ފަހުން އެ މަނިކުފާނު ގައުމާ މުހާތަބްކޮށް ވާހަކަފުޅު ދައްކަވާފައިވަނީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ގައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހިރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލައިލުން ކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލައިލުން. ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވައުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިރޭ ގައުމާ މުހާތަބު ކުރައްވާ ޖަލްސާގެ އެންމެ މުހިއްމު ކަމަކަށް އޮންނާނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމާ ހިއްވަރު ދިނުމުގެ ގައުމީ އިނާމް ދިނުމެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް