
މެންބަރު މުހައްމަދު ރަޝީދު
ބޯދިގު ވިދާޅުވީ ފިޔަވަޅު އެޅިޔަސް ވިޕްލައިނަށް އަމަލެއް ނުކުރައްވާނެ ކަމަށް
އަހުމަދު ހަސަން
20 އޮކްޓޯބަރ 2022 - 12:52:29
ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑުކުމަށް ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު ބޯދިގު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް އަޅާފައިވަނިކޮށް، އެމްޑީޕީގެ ޕާލިމެންޓޭރިއަން މުހައްމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފިޔަވަޅު އެޅިޔަސް ޓެކްސް ކަންތަކުގައި މިހާރު ނެރެފައިވާ ވިޕްލައިނާ ހިލާފުވެވަޑައިގަންވާނެ ކަމަށެވެ.
ހަމަ އަޅުއްވަންވީ. އެމްޑީޕީ އެންމެހަައި ބޭފުޅުންނަށް އަޅުގަނޑު މާފަށް އެދެން- އަޅުގަނޑު ޓެކްސް ތްރީލައިން ވިޕާ ހިލާފުވާނެ. ޓެކްސް އިތުރުކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކުރ ދަނޑިވަޅެއްގައެއް.
ގުޑްސް އެންޑް ސާވިސް ޓެކްސް ނުވަތަ ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނީ އެ ޕާޓީން އަންގާރަ ދުވަހު ބޭއްވީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް