ads
އިމާދު ސޯލިހް
އެންޑީއޭގެ ސީއީއޯއަކަށް އިމާދު ސޯލިހް
ނޭޝަނަލް ޑްރަގް އޭޖެންސީ- އެންޑީއޭގެ ސީއީއޯގެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް މިއަދު އައްޔަންކޮށްފި އެވެ.

އެންޑީއޭގެ ކުރީގެ ސީއީއޯ މިދިޔަ އަހަރު މަގާމުން ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. އިމާދު ސޯލިހު، ސީއީއޯގެ މަގާމަށް މި އައްޔަން ކުރީ އެ މަގާމް ހުސްކޮށް އޮންނަތާ އަހަރެއް ފަހުންނެވެ.  

އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު އައްޔަންކުރަން އެންޑީއޭގެ ބޯޑުން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުއެވެ. އިމާދު އެ މަގާމާ ހަވާލުވާނީ އަންނަ މަހުން ފެށިގެންނެވެ. ކުރިން ސިޔާސީ ދާއިރާ އާއި ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އިމާދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް