ads
މުޖުތަމައު ބާރުވެރިކުރަން ހަރަކާތްތައް ހިންގަން ޖަމިއްޔާތަކަށް އެހީ ދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައި
މުޖުތަމައު ބާރުވެރިކުރަން ހަރަކާތްތައް ހިންގަން ޖަމިއްޔާތަކަށް އެހީ ދެނީ
މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް މަދަނީ ޖަމިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

ޔޫތު މިނިސްޓްރީން ބުނީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކަށް އެކަނި ކަމަށެވެ.

މަދަނީ ޖަމިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރިކުރަން މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާ އެކު ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

ޔޫތު މިނިސްޓްރީން ބުނެފައި ވަނީ އެ ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ކަމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ޖަމިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައިޑީކާޑު ކޮޕީގެ އިތުރުން ރަށު ތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއް ނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާ ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެ އެވެ.

އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް