ads
ރައީސް ސާލިހް
ގައުމިއްޔަތެއް ދިރުވުމުގެ ހަކަތައަކީ ހަމަޖެހުން: ރައީސް ސާލިހް
ގައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި ހަމަޖެހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ  ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ  ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނނީ ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ގައުމުތަކާއެކު ހަރުދަނާ ބަދަހހި ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއީ ގައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއްކަން ވެސް އެމަނނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމިއްޔަތުގެ ރޫހު އާލާކޮށް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންމެ މީހަކީވެސް ފަރުދުންގެ ޙައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖްތަމައުގެ މަސްލަހަތަށް އިސްކަންދޭ މީހަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިރޭގެ ހަފްލާފަދަ މިފަދަ ކޮންމެ ހަފްލާއަކީވެސް ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސސްނައި އަދި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނުން  ހިންގެވުމަށް މުހިންމު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްތިއުމާރީ އަޅުވެތިކަމުން، ރާއްޖެ ސަލާމަތްކުރުމމާއި ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރި ގައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. 

އަދި، ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމިއްޔަތަށް މިއަދު ހަމަލާތައއް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމުގައެވެ. އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާއުވެ، ގައުމިއއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް މަސައްކކަތް ކުރަންޖެހޭކަމާއި އަދި ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް ހާއްސަ  ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގެ ޖަލްސާގައި ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށާއި މި ޖަލްސާގައި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ތަހުނިޔާ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް