މޯލްޑިވްސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު މި އަހަރުގެ ބޯހިމެނުމުގައި މިހާތަނަށް ގުނިފައިވާ އަދަދަށް ބަލާއިރު ރާއްޖޭގައި ދިރިއުޅެނީ 452495 މީހުންނެވެ. އޭގެ ތެރެއިން 97164 މީހުންނަކީ ބިދޭސީންނެވެ.
ބޯ ހިމެނުން ގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރިކޯޑްތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓަރޑް އާބާދީގެ 89 ޕަސެންޓް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެއެވެ.
ސްޓެޓިސްޓީކްސް ބިއުރޯއިން ބުނި ގޮތުގައި މިހާތަނަށް ގުނިފައިވާ އަދަދު ކަމުގައިވާ 97164 ބިދޭސީންނަކީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ.