ހަމްދޫނަކީ މިހާރު ނޫހުގެ ކުޅިވަރު ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި 15 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ކުޅަދަނާ ލިޔުންތެރިޔާއަކީ ނޫސްވެރިކަމުގެ ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކޮށް، އަދި އިސްލާމިކް ޔުނިވަސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގެ އެންމެ ސީނިއާ އެއް ކުޅިވަރު ލިޔުންތެރިޔާއެވެ.
ހަމްދޫނަށް ގައުމީ އިނާމް ލިބިވަޑައިގެންނެވީ ޒިންމާދާރު ނޫސްވެރިކަން ކުރުމުގެ ރޮނގުންނެވެ.
ހަމްދޫން ނޫސްވެރިކަމަށް ނުކުންނެވީ 2008 ގަ އެވެ. ހަމްދޫންވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުޅިވަރުގެ އެތައް އިވެންޓެއް ކަވަރު ކުރައްވާފައެވެ.