މައުލޫމާތު ލިބިފައިވާ ގޮތުގައި ކެމްޕެއިން ދަތުރުފުޅުގައި ޔާމީން އަންނަ ހަފްތާގައި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންވަނާއެވެ. އަދި އޭގެ ފަހުން ނޮވެމްބަރު މަހު ކުރީކޮޅު އެ މަނިކުފާނު އައްޑޫ ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ޔާމީން މި ނިމުނު ހަފްތާގައިވަނީ ހއ. އަތޮޅުގެ ފަސް ރަށަކަށްވެސް ވަޑައިގެންފައެވެ. އޭގެ ކުރިން އެ މަނިިކުފާނުގެ ކެމްޕެއިން ފެށްޓެވީ ދ. ކުޑަހުވަދޫއިންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން މިހާރު ކެމްޕެއިން ފަށްޓަވާފައިވާއިރު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މަނިކުފާނުގެ ޝަރީއަތްތަކާ ހުރެ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.