މުމްބާއީއަށް ނިސްބަތްވާ ރުޕޭޝް ވަނީ އޭނާއަށް ޝޯ ކާމިޔާބު ކުރެވުމުން އެކަމަށްޓަކައި އޭނާއަށް ވޯޓުދިން ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. ނެށުންތެރިޔާ ދަރްމޭޝްގެ ޓީމަށް ނިސްބަތްވާ، ރުޕޭޝް އެ މުބާރާތް ކާމިޔާބު ކުރުމާއެކު އޭނާއަށް ވަނީ 15000 ރުޕީސްގެ ފައިސާގެ އިނާމެއް ވެސް ލިބިފަ އެވެ.
މި މުބާރާތުގެ ދެވަނަ ލިބުނީ ޕުނިތް ޕަތަކްގެ ޓީމެއް ކަަމަށްވާ ޖަނަމް ކްރޫއަށެވެ. އަދި ތިން ވަނަ ލިބުނީ ދީޕިކާ އާއި ރުޕޭޝް ސޯނީ އަށެވެ. އެގޮތުން މި ދެތަރިންނަކީ ކަރިޝްމާގެ ޓީމަށް ނިސްބަތްވާ ދެ ފަރާތެވެ.
އިންޑިއާގެ މަޝްހޫރު ކޮރެއޯގްރާފަރު ރޭމޯ ޑި ސޫޒާ، އުފައްދާފައިވާ މި ޝޯ، ދަރްމޭޝް ނިސްބަތްވާ ޓީމުގެ މެމްބަރަކު ކާމިޔާބު ކުރި މިއީ ހަތަރު ވަނަ ފަހަރެވެ.