ads
2013 ވަނަ އަހަރުގެ އެފްއޭކަޕް ނިއުއިން އުފުލާލަނީ
ތާރީހުން މިއަދު: ނިއުރޭޑިއަންޓް ދުނިޔޭގެ ރެކޯޑް ފޮތަށް
2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އަދި ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ހާއްސަ ދުވަހެކެވެ.

ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މީގެ 9 އަހަރު ކުރިން ހެދި ރިކޯޑަކީ އަދި މިހާތަނަށް އެ ރިކޯޑާ ދިވެހި އެހެން އެއްވެސް ޓީމަކަށް އެއްވަރު ނުކުރެވޭތާ ކައިރިވެސް ކުރެވުނު ރެކޯޑެއް ނޫނެވެ. އެ ދުވަހު ނިއުރޭޑިއަންޓް ހެދި ރިކޯޑަކީ، ޑޮމެސްޓިކް ހުރިހާ މުބާރާތެއްގައި ކުޅުނު ހުރިހާ މެޗަކުން ސައްތައިން ސައްތަ ރިކޯޑަކާ އެކު މޮޅުވުމެވެ. މިއީ ދުނިޔޭގެ ރިކޯޑަށް ބެލިއަސް ހާއްސަ ކާމިޔާބީއެކެވެ. 

2013 ވަނަ އަހަރުގެ ފުޓްބޯޅަ ރާއްޖޭގެ ސީޒަންގައި ނިއުރޭޑިއަންޓުން ކުޅުނު 24 މެޗުންވެސް މޮޅުވިއެވެ. އެއީ ޗެރިޓީ ޝީލްޑް މެޗާ، ދިވެހި ލީގުގެ 3 ބުރުގެ ހުރިހާ މެޗަކާ އެފްއޭ ކަޕުގެ ހުރިހާ މެޗެއް އަދި ޕްރެޒިޑެންޓްސް ކަޕުގެ ހުރިހާ މެޗެކެވެ. ސީޒަންގެ ހުރިހާ ތަށްޓެއް ނިއުރޭޑިއަންޓުން ހޯދީ، ހުރިހާ މެޗަކުން މޮޅުވެސް ވެގެންނެވެ. އޭގެ އިތުރުން އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް ނިއުރޭޑިއަންޓުން އެ އަހަރު ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އެއީ މުބާރާތުގެ ގަދަ 8 ގެ ތެރޭގައި ހިމެނުމެވެ.

2013 ވަނަ އަހަރު ނިއުރޭޑިއަންޓުން ސައްތައިން ސައްތަ މޮޅާއެކު ހެދި ރިކޯޑާ އެހެން އެއްވެސް ކްލަބަކުން ގާތްވެސް ވެފައިނުވާއިރު، 1997 ވަނަ އަހަރުވެސް ނިއުރޭޑިއަންޓުންވަނީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.

78%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް