
ދިރިއުޅުމުގެ ޚަރަދުގެ ދަތިކަމުގެ ސަބަބުން ސްކޫލްތަކުގެ ބައެއް ކުދިން މިހާރުވެސް ބަނޑުހައިކަމާއެކު ސްކޫލަށް ދާއިރު، ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ދިމާލަކުން ޚަރަދުތައް ކުޑަކުރުމަށެވެ.
ނޭޝަނަލް އެސޯސިއޭޝަން އޮފް ހެޑް ޓީޗާސް އިން އެ ނޫހަށް މައުލޫމާތު ދެމުން ބުނީ މިއަހަރު ސްކޫލުތަކުގެ 50 ޕަސެންޓް ޑެފިސިޓްވާނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް އެ އަދަދު 90 ޕަސެންޓަށް އަރާނެ ކަމަށެވެ.
އަދި ބައެއް ސްކޫލްތަކުގެ ކަރަންޓާއި ހޫނުކުރުމުގެ ބިލް އަހަރަކު 26،000 ޕައުންޑުން 89،000 ޕައުންޑް (އެއް ލައްކަ ހަސަތޭކަ ނުވަ ޑޮލަރު) އަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. މީގެ އިތުރުން ސްކޫލްތަކުން މި އަހަރުގެ ހޫނު މޫސުމުގައި ޓީޗަރުންގެ މުސާރަ ފަސް ޕަސެންޓް ބޮޑުކުރުމަށް އިއުލާނު ކޮށްފައިވާތީ އެކަމަށްވެސް ސްކޫލްތަކުން ފަންޑު ކުރަން ޖެހެ އެވެ.
ޗާންސެލަރު ޖެރެމީ ހަންޓް މި މަހުގެ ފަހުކޮޅު ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ޑިޕާޓްމަންޓަކަށް ކުރާ ހަރަދު ތައް ކަނޑާލަން އިއުލާން ކުރައްވާނެއެވެ.
ސްކޫލްތަކުގެ ބައެއް ޓްރަސްޓްތަކުން އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އިމާރާތްތައް ހޫނުކޮށް ޓީޗަރުންނަށް ފައިސާ ދެއްކުމަށް ޓަކައި ފައިސާގެ ރިޒާވް ބޭނުން ކުރަމުންދާ ކަމަށެވެ.