ads
ބަންގްލަދޭޝްގެ ކަނޑުގައި އުފެދިފައިވާ ތޫފާން "ސިޓްރަންގް"
ބަންގްލަދޭޝް ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ
ބަންގްލަދޭޝްގެ ކަނޑުގައި އުފެދިފައިވާ ތޫފާން "ސިޓްރަންގް" ގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
Advertisement

ބަންގްލަދޭޝްގެ ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި ވާއިރު، މިއަދުގެ ވަގުތެއްގައި އެގައުމަށް އެ ތޫފާން އަރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އެގައުމުގެ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

މި ކަމާއި ގުޅިގެން މެޓް އޮފީހުގެ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މި ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެހެން ނަމަވެސް ކޮންމެސް ވަރަކަށް މިކަމުގެ ސަބަބުން ވިލާކޮޅެއް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. 

"ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ. އެހެން ނަމަވެސް ތޫފާނުގެ ސަބަބުން ކުޑަ ވިލާ ކޮޅެއް އަތުވެދާނެ. ތޫފާނުގެ ހަރަކާތްތައް މިދަނީ ވަރަށް ގާތުން ބަލަމުން." އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ތޫފާނުގެ ހަރަކާތްތައް މިހާރު ހުރި ގޮތުން އެ ތޫފާން ދަތުރު ކުރަމުންދަނީ، ރާއްޖެއާއި ދުރަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މޫސުމާއި ބެހޭ އިދާރާއިން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް