ads
އެއާޕޯޓެއްގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަނީ-- ފޮޓޯ: ހަލީޖް ޓައިމްސް
ކޮވިޑް-19 ފެތުރޭތީ 7 ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި
ޗައިނާއިން އަލަށް ފެނުނު ކޮރޯނާ ވައިރަހުގެ ބާވަތެއް ކަމަށްވާ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަތް ގައުމަކަށް ދަތުރު ކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަޕާނާއި، ސިންގަޕޫރު، ހޮންކޮން، ދެކުނު ކޮރެއާ، ތައިލެންޑު، އީރާން އަދި އިޓަލީއަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. 

ބޭރު ގައުމުތަކަށް ދަތުރު ކުރާއިރު، އެ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަނެ، ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ. 

އެގޮތުން ހުން އައިސްފައި ތިބޭ މީހުންގެ ކައިރީގައި ނޫޅުމަށާއި، ގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި ވެއެވެ. 

އޭގެ އިތުރުން ބޭރު ގައުމެއްގައި އުޅުމަށް ފަހު ރާއްޖެ އައިސް، ހުން އައުން ނުވަތަ ރޯޖާ ޖެހި، ކެއްސާ ހަދާ ނަމަ ގޭގައި މަޑު ކުރުމަށާއި، ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން 2400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 78000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ވަނީ ޖެހިފަ އެވެ. 

ރާއްޖެއިން ވެސް ހަތް މީހެއް މި ވައިރަހަށް ޓެސްޓު ކުރި އެވެ. ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެ އެވެ. އެ ބަލިން ރައްކާތެރިވުމަށް، ޗައިނާއާ އެކު ސީދާ ދަތުރުތައް މެދުކަނޑާލާފައި ވާއިރު، ބޭރުން އަންނަ ފަރާތްތަކަށް ސްކްރީން ކުރުމުގެ މަސައްކަތް ދަނީ އެއާޕޯޓުގައި ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް