މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި، 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
އެ ހުކުމް އިސްތިއުނާފް ކުރުމުން، މާދަމާ މެންދުރު އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. ހައި ކޯޓުން ކުރިން ވަނީ އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން މިނިވަން ކުރުމަށް އަމުރަކަށް އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.
ސިއްހީ މައްސަލަތަކެއްގެ ސަބަބުން ރާއްޖެއިން ބޭރުން ފަރުވާ ބޭނުންވާ ކަމަށް ރައީސް ޔާމީން ކުރިން ވިދާޅުވެފައި ވާއިރު، އެމަނިކުފާނު މިހާރު ވެސް އޮންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓުކޮށްފަ އެވެ.