ads
ޖޯ ބައިޑެން: "އަދިވެސް ހަކަތަ އެބަހުރި"
އަދިވެސް ވެރިކަން ކުރެވޭ ވަރުގެ ހަކަތަ އެބަހުރި: އެމެރިކާ ރައީސް
2024 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސްކަން ކުރުމުގެ ހަކަތަ އަދިވެސް އެބަހުރިކަމަށް އުމުރުފުޅުން 79 އަހަރުގެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އެމެރިކާގެ ރައްޔިތުންނަށް އޭނާ ވިދާޅުވީ މާދަމާ މަރުވެދާނެ ކަމަށާއި އެކަމަށް އިއުތިރާފްވެވަޑައިގަންނަވާ ކަމަށެވެ.  ބައިޑެން މިހެން ވިދާޅުވެފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްވެ، އާންމުކޮށް ދިމާވާ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު އެމްއެސްއެންބީސީއަށް ދެއްވި އިންޓަވިއުއެއްގެ އުމުރުން ދުވަސް ވުމުން އިންތިޚާބުގައި ވާދަ ކުރައްވަން ނުޖެހޭ ކަމަށް ގަބޫލު ކުރާ އެމެރިކާ ރައްޔިތުންނަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ. 

ބައިޑެން ވިދާޅުވީ ކޮންމެ މީހެއްގެ އުމުރާ މެދުވެސް ކަންބޮޑުވުމަކީ އޮންނަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ނަސީބު މެދުވެރިވެ، ކަންކަން ދިމާވާ ގޮތަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

"މާދަމާ ބައްޔެއް ޖެހިދާނެ. މާދަމާ ފަހަރުގައި މަރުވެދާނެކަން ވެސް އެނގޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބައިޑަން ވިދާޅުވީ އޭނާގެ ސިއްހަތާ މެދު ގޮތެއް ނިންމަން އެންމެ ރަނގަޅު ގޮތަކީ އޭނާ ކަންކުރާގޮތް ބެލުން ކަމަށެވެ. 

ބައިޑެންވަނީ އޭނާގެ ސްޕީޑެއް ނެތްތޯއާއި ކަންކަމުގައި ލަސްތޯ ސުވާލު ކުރައްވާފައެވެ.

އޭނާގެ ގާބިލުކަމާ މެދު އެމެރިކާ މީހުންގެ ޔަގީންކަމެއް ނެތްނަމަ އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ސިއްހަތު ރަނގަޅުކަމަށް ބައިޑެން ވިދާޅުވިއެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވަނީ 2024 ވަނައަހަރުގެ އިންތިޚާބުގައި ބައިޑެން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް