ads
ސްޓެލްކޯގެ އެމްޑީ ޝަރީފު
ސްޓެލްކޯގެ ހިދުމަތްތައް ރަނގަޅު ކުރުމާ ގުޅޭގޮތުން ދެ އަތޮޅަކާ އެކު މަޝްވަރާކޮށްފި
ސްޓެލްކޯގެ ހިދުމަތްތަކާއި ގުޅުން ހުރި ދާއިރާތަކުން ދިމާވާ ދަތިތަކާއި، އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ކ އަދި ވ. އަތޮޅުގެ ރަށްރަށާއި އަތޮޅުތަކުގެ ރައީސުންނާ އެކު މަޝްވަރާކޮށްފި އެވެ.
Advertisement

ސްޓެލްކޯއިން ބުނީ އެ ދެ އަތޮޅުގެ ރަށު ކައުންސިލުގެ ރައީސުންނާއި އަތޮޅުތަކުގެ ރައީސުންގެ އިތުރުން އެ އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ ސްޓެލްކޯގެ އިންޖީނުގެތަކުގެ  ސްޓޭޝަން މެނޭޖަރުން އެކު ކުރި މަޝްވަރާތަކުގައި ސްޓެލްކޯ އިން ދެމުން އަންނަ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށެވެ.

އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. 

ސްޓެލްކޯއިން އިއްޔެ ވަނީ، ވ. އަދި ކ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކާށިދޫ ފިޔަވައި، ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ހަވާލުވެފަ އެވެ. 

އެއީ ކ. އަތޮޅުގެ ހަތް ރަށަކާއި ވ. އަތޮޅުގެ ފަސް ރަށެކެވެ.

މިއާއެކު އއ. އަދި އދ. އަތޮޅު ހިމެނޭހެން، ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ 30 ރަށުގެ ތެރެއިން ކ. ކާށިދޫ ފިޔަވާ އެހެން ހުރިހާ ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ އެ ކުންފުނިން ހަވާލުވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް