ads
އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު، ޕްރޮމޯޝަން ފައްޓަވައި ދެއްވަނީ-- ފޮޓޯ: އެސްޓީއޯ
އުމްރާ ދަތުރުތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި
އުމްރާ ދަތުރުތަކާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މި އަހަރުގެ "ރަމަޒާން ބާޒާރު" ފަށައިފި އެވެ.

މިއީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ބާއްވާ ބޮޑު ޕްރޮމޯޝަނެކެވެ. މި އަހަރުގެ ރޯދަ މަސް ފަށާނެ ކަމަށް ބެލެވެނީ އޭޕްރިލް 23 ގައެވެ. 

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އޮތް ހަފްލާއެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެވެ.

މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 1000 ރުފިޔާއާ ހަމައަށް ވިޔަފާރު ކުރާ ފަރާތްތަކަށެވެ. އެގޮތުން ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހާއްސަ ކޫޕަނެއް ލިބޭނެ އެވެ. 

ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯ އިން ގަންނަ ހުރިހާ އެއްޗަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ރުފިޔާ އާއި 20000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބޭނެ އެވެ. 

your imageއެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް-- ފޮޓޯ: އެސްޓީއޯ

މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން މީހަކަށް އުމްރާ ދަތުރު ލިބޭނެ އެވެ. އެގޮތުން އެއްވަނަ ފަރާތަކަށް ހަތަރު މީހުންގެ އުމްރާ ދަތުރު، ދެވަނަ ފަރާތަކަށް ދެ މީހުންގެ އުމްރާ ދަތުރު އަދި ތިންވަނަ ފަރާތަކަށް އެކެއްގެ އުމްރާ ދަތުރު ލިބޭނެ އެވެ. 

އޭގެ އިތުރުން ޕްރޮމޯޝަނުގެ މުއްދަތުގައި މަކިޓާ ބްރޭންޑު ސަމާނާއި ފިލިޕްސް އެއާ ފްރަޔާ ގަންނަ މީހުންނަށް ވަގުތުން އިނާމުތަކެއް ލިބޭނެ އެވެ. އަދި ނިޕޯން ކުލައިން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. 

މި ޕްރޮމޯޝަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށް ދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް