ބަތަލާ އުރުފީ ޖާވިދު އަބަދު ވެސް ހަބަރުތަކުގައި އުޅެނީ އޭނާގެ "ސެކްސީ ލުކްސް" ތަކުގެ ސަބަބުންނެވެ. މަޝްހޫރުވެފައިވަނީ އޭނާގެ ފެޝަން ސެންސް އިންނެވެ. ސޯޝަލް މީޑިއާގައި ވެސް ހަމަ އެހާމެ ހަރަކާތްތެރި ކުއްޖެކެވެ. ގިނަ ފަހަރަށް ޓްރޯލް ކުރެވެނީ އޭނާގެ "ސެކްސީ ފެޝަން ސެންސް" އަށްޓަކައެވެ.
ބައެއް މީހުން ދެކޭ ގޮތުގައި އުރުފީ އެގޮތަށް ހެދުން އަޅަނީ، ގިނަބައެއްގެ ސަމާލުކަން ހޯދާށެވެ. އެކަމަކު އޭނާގެ ފެޝަންގެ ސަބަބުން ގިނަ ފަހަރަށް އޭނައަށް އުނދަގޫ ވެއެވެ.
މި ދަނޑިވަޅުގައި އުރުފީގެ މިހާރު ވަނީ މަޝްވަރާގެ ތޫފާނެއްގެ ތެރޭގައެވެ. މި ވީޑިއޯގައި އޭނާ ވަނީ އޭނާގެ ފޭނުންނަށް ދިވާލީގެ ތަހުނިޔާ އަރިސްކޮށްފައެވެ.
މިވަގުތު ބޮލީވުޑްގައި ދަނީ ޕާޓީތައް ބާއްވަމުންނެވެ. މިގޮތަށް އުރުފީ، އާދައިގެ މަތިން އެންމެންގެ ސަމާލުކަން ހޯދީ ވީޑިއޯއެއް ހިއްސާކޮށްގެންނެވެ. މިއީ އާ ކަމެއް ނޫން، މިހާރު އެންމެންވެސް ހޭނިފައިވަނީ އުރުފީގެ މިފަދަ ވީޑިއޯތަކަށެވެ.
ދިވާލީގެ ވިޝްކުރި އިރު މިފަހަރު އުރުފީ ހުރީ، ޓޮޕް ލެސްކޮށެވެ. ނަމަވެސް އެ ވީޑިއޯގެ ސަބަބުން އޭނާ ވަނީ ވަރަށް ބޮޑަށް ޓްރޯލް ވެފައެވެ.
"ހުރިހާ ލިމިޓެއް ހުރަސްކޮށްފި،" އުރުފީގެ ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.
އެހެންކަމުން، އެހެން މީހަކު ވަނީ 'ދިވާލީގައި ރަނގަޅު ކަމެއް ކުރާށެވެ' ބުނެ އޭނާ އަށް ނަސޭހަތް ވެސް ދީފައެވެ.
އުރުފީގެ އެކައުންޓަށް ވެސް ބައެއް މީހުން މިހާރު ވަނީ ރިޕޯޓް ކުރަން ފަށައިފަ އެވެ.
ގިނަބަޔަކު އަންނަނީ އުރުފީ 'ދިވާލީއަށް މަލާމާތް ކޮށްފައި' ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.