
އުމުރުން 25 އަހަރުގެ ކައިލީ މިހެން ބުނެފައިވަނީ އޭނާގެ މޭކަޕް އާޓިންސްޓު އެރިއަލް ގާތުގައެވެ.
އަދި އޭނާ އެހެން ބުނާ ވީޑިއޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ޓްރޯލްވަމުންނެވެ.
ވީޑިއޯގައި ފެންނަނީ އޭނާގެ މޭކަޕް އާޓިސްޓް، އެރިއެލް ބުނާތީ އަޑުއިވެނީ، “އަހަރެން ކަނޑައެޅިގެން މިއަދު ކަލޭ ޗާރމް ކޮށްލީ،" ކަމަށެވެ.
ނަމަވެސް ކައިލީ ބުނާގޮތުން އޭނާގެ މޫނުގައިވާ “މި ގްލޭމް އަކީ އެހެންކަމެ” ކެވެ. ކައިލީ އެ ވީޑިއޯގައި ބުނާގޮތުން އޭނަކީ ގުދުރަތީގޮތުން ރީތިކަން ލިބިފައިވާ މީހެކެވެ.
މި މަޖާ ވީޑިއޯ ކްލިޕް ޕޯސްޓްކޮށްފައިވަނީ ކައިލީގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް، 31 އެވެ.
ކައިލީ ކްރިސްޓެން ޖެނާ އަކީ އެމެރިކާގެ މީޑިއާގެ ޝަހުޝިއްއްޔަތެއްގެ އިތުރުން ސޯޝަލައިޓެކެވެ. އަދި މިހާރު ވިޔަފާރިވެރިއެކެވެ. އޭނާ ލީޑް ރޯލުން ފެނިގެންދިޔައީ ރިއަލިޓީ ޓެލެވިޒަން ސީރީޒް "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" 2007 އިން 2021 އިންނެވެ. އޭނާއަކީ ކޮސްމެޓިކް ކުންފުނި ކައިލީ ކޮސްމެޓިކްސްގެ ބާނީ އަދި ވެރިޔާ އެވެ. އޭނާ އަކީ ދުނިޔޭގައި އިންސްޓަގްރާމްގައި ދެވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާއެވެ.