ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސްކްރީން ޓައިމް އިތުރުވެ، ނަފްސާނީ ގޮތުން ނުރަނގަޅު މައްސަލަތަކުގެ ފޮށި ހުޅުވި، ބެލެނިވެރިންނާއި ތައުލީމީ ފަރާތްތަކަށް ވެސް އެއީ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.
ލަންސެޓްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިން ދުވާލަކު ތިން ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރަނީ ޓެބްލެޓާއި ޓީވީ ފަދަ ސްކްރީންތައް ބަލާށެވެ.
ކުދިން އުމުރުން 5.5 އަހަރުގައި ޖިސްމާނީ ގޮތުން ހަރަކާތްތެރިކަން މަދުވާއިރު، ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ނުވަތަ އެއަށްވުރެ މަދު ވަގުތު ސްކްރީން ބޭނުންކުރާ ކުދިންނާ އަޅާބަލާއިރު، ގިނައިން ސްކްރީން ޓައިމް ދޭ ކުދިންގެ ނަފްސާނީ ސިއްހަތަށް ވެސް އަސަރު ކުރެއެވެ.
އެޗްޓީ ލައިފްސްޓައިލްއަށް ދެއްވި އިންޓަވިއުއެއްގައި ކަލްޔަންގެ ފޯޓިސް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ. ފަބިއަން އަލްމެއިޑާ ވަނީ ބެލެނިވެރިއަކަށް ކުއްޖާގެ ނަފްސާނީ ސިއްހަތު ކުރިއެރުވުމަށް އެހީތެރިވެދޭނެ ފަސް އިރުޝާދު ދެއްވާފައެވެ.
1. ދަރިންނާއެކު ވަގުތު ހޭދަކުރުން - ކުދިންނާއެކު ގުޅުން ބަދަހިކުރުމަށް އެންމެ ފައިދާހުރި އެއް ގޮތްކަން ވަނީ ސާބިތުވެފައެވެ. ރަނގަޅު ފެންވަރުގެ ވަގުތުކޮޅެއް ހޭދަކުރުމަށްވުރެ އެއްވެސް ގޮތެއް ނެތެވެ. ކަންކަމަށް ފައިސާ ހޭދަކުރުމުގެ ބަދަލުގައި އެތަންތަނާއެކު ވަގުތު ހޭދަކުރުން މާ މުހިންމީ އެމީހުންނަށް ރައްކާތެރިކަމާއި ލޯބިވާކަން އިހުސާސް ކުރެވޭނެ ގޮތަކަށެވެ. މައިންބަފައިން ވެސް ކޮންމެ ދުވަހަކު ވެސް ވަގުތު ހޯދައިގެން އެކުގައި ކުޅުމާއި، ފިލްމެއް ބަލާލުމާއި ނުވަތަ ހަމައެކަނި އެމީހުންގެ ދުވަހާ ބެހޭގޮތުން މަޝްވަރާ ކުރުން ފަދަ ހަރަކާތްތައް އެކުގައި ކުރަން ޖެހެއެވެ.
2. ދަރިން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުން - ގިނަ ފަހަރަށް ދަރިން ބުނާ އެއްޗަކީ ކޮންމެހެން ބޭނުންވާ އެއްޗެއް ނޫން ކަމަށް ހީވާތީ ބެލެނިވެރިން އަޅާނުލާ ތިބެއެވެ. ނަމަވެސް މިކަމުން ދުރުހެލިވާން ޖެހެނީ ކުދިންގެ އިހުސާސްތައް މައިންބަފައިންނަށް އަނގަބަހުން ފޯރުކޮށްދިނުމަށް ފަސޭހަވާތީ އެވެ. ފެށުމުގައި ރަނގަޅު މުވާސަލާތީ ޗެނަލްތައް ނުއުފެއްދޭނަމަ، ކުދިން މައިންބަފައިންނަށް މުހިންމު މައުލޫމާތުތައް ފޮރުވަން ފަސޭހަވެ، ކުރިއަށް އޮތްތަނުގައި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ. މީގެ އިތުރުން ދަރިފުޅަކީ މުވާސަލާތު ކުރެވޭ މީހެއް ނޫން ކަމަށް ހީކޮށް، އޭނާގެ ހިޔާލާއި ހުވަފެންތަކާއި އުއްމީދުތަކާއި އަދިވެސް އެތައް ކަމެއް ހިއްސާކުރާނެ މީހަކު ލިބޭނެ ގޮތަށް މުވާސަލާތު ކުރުމުގެ ސީދާ ގޮތްތައް ހުޅުވާލައި ގާއިމުކުރުމުގައި އެހީތެރިވުމަކީ މުހިންމު ކަމެކެވެ.
3. ދަރިފުޅަށް ހައްގުވާ ތައުރީފު ދިނުން - ކޮންމެ ބެލެނިވެރިއަކުވެސް ދަރިފުޅަށް ކުރާ އެއްވެސް ގޯހަކަށް ފާޑުކިޔައި ފާޑުކިޔާއިރު، އެމީހެއްގެ ކިބައިން ފެންނަ ހެޔޮކަމަށް ތައުރީފު ކުރުމަކީ ހަމަ އެހާމެ މުހިންމު ކަމެކެވެ. މިކަން ކުރެވުމުން އެކުއްޖާއަށް މޮޅު ސުލޫކަށް ސަމާލުކަންދީ، އަމިއްލަ ނަފްސާއިމެދު ރަނގަޅު އިޙްސާސެއް ކުރެވޭނެއެވެ. އަދި އެމީހުންގެ ރަނގަޅު އަހުލާގު ބަލައިގަނެ އިނާމު ދިނުމަކީ ވެސް ރަނގަޅު ކަމެކެވެ. އެއީ އެމީހުންނަށް ހިތްވަރު ދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވެސް ޑރ. ފާހަގަކުރެއްވި އެވެ.
4. ޙަޤީޤީ އުންމީދުތަކެއް ގެންގުޅުން - އަޅާކިޔުމަކީ ދުވަހަކުވެސް ރަނގަޅު ގޮތެއް ނޫނެވެ. އެއީ ކުއްޖާއަށް ދަށުދަރަޖައިގެ އިހްސާސެއް ކުރެވިދާނެ ކަމެކެވެ. ރަނގަޅު ބެލެނިވެރިކަމެއް ހޯދުމަށްޓަކައި ކުދިން ރައްޓެހިންނާއި އެއްބަނޑު އެއްބަފާ ކުދިންނާ އަޅާކިޔުމުގެ ބަދަލުގައި ކުދިންގެ އަމިއްލަ އިހްތިރާމް ވަރުގަދަކޮށް، އެކުދިންގެ ހާއްސަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅުން މުހިންމެވެ. ކުޑަކުއްޖަކު ކުޑަ ލަނޑުދަނޑިތަކަށް ވާސިލްވިޔަސް، އެކުއްޖާ ކުރާ މަސައްކަތަށް ތައުރީފުކޮށް، ބިނާކުރަނިވި މަޝްވަރާތަކުގެ ތެރެއިން އެކުއްޖާގެ ހަރަކާތްތެރިވުން ރަނގަޅު ކުރުމަށް އެހީތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
5. ސްޓްރެސް އާއި ހާސްކަމާ ކުރިމަތިލުމަށް އެހީތެރިވެދޭ ސުލޫކުތައް އާލާކުރުން - މިއަދުގެ ވާދަވެރި ދުނިޔޭގައި ސްޓްރެސް އާއި ހާސްކަމުގެ އަސަރު ގާތްގަނޑަކަށް އެންމެންނަށް ވެސް ކުރެއެވެ. އަޅުގަނޑުމެންނަށް ބޭރު ދުނިޔެ ބަދަލު ނުކުރެވޭއިރު، އަޅުގަނޑުމެންގެ ކުދިންނަށް އާދަތަކާއި ސުލޫކުތައް ދަސްކޮށްދެވޭނެއެވެ. ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ސްޓްރެސް ބަލައިގަނެ، ދުޅަހެޔޮ ފިކުރުތަކާއި ސުލޫކުތަކުގެ ދާއިރާގެ ތެރޭގައި އެކަން ބެލެންސްކޮށް، ދުޅަހެޔޮ ނޫން، ޕެތޮލޮޖިކަލް ޒޯނަށް ވަދެ ނުލައި؛ އަކީ އަޅުގަނޑުމެން އެންމެންވެސް ކުރިމަތިލާން ދަސްކުރަންޖެހޭ ގޮންޖެހުމެކެވެ. މިއީ ދިރިއުޅުމުގެ ކުރީކޮޅު ދަސްކުރަންޖެހޭ އާދައެކެވެ. ޖަރނަލިން (ކަންބޮޑުވާ ކަންކަން ފޮތެއްގައި ލިޔުން)، މެޑިޓޭޝަން (ޔޯގާ ހެދުން ފަދަ ކަންކަން ކުރުން)، އަދި އާއިލާއާއި ރައްޓެހިންނާ ގުޅުން ފަދަ ކަންކަމަކީ ސްޓްރެސްއާ ކުރިމަތިލާނެ ގޮތްތައް ކަން ދަރިފުޅަށް ދަސްކޮށްދެވިދާނެއެެވެ.