މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ މި މުބާރާތް ކުރިއަށްދަނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މި މުބާރާތުގައި ފިރިހެން ޑިވިޝަނުގައި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިވެންޓް ކުރިއަށް ދާނެ އެވެ.
މިއީ އަންނަ އަހަރަށް ޖޫނިއާ ގައުމީ ސާފިން ޓީމު އެކުލަވާލަން ބާއްވާ މުބާރާތެކެވެ.