ads
ސޮނާލީ ސޭގަލް
ކަސްރަތު ކުރަންވީ ހިކޭކަށް ނޫން: ސޮނާލީ
ގަވާއިދުން ކަސްރަތު ކުރުމަކީ، ގިނަ ދުވަސްތަކެއް ވަންދެން، މައިގަނޑު ގޮތެއްގައި ބަރުދަން ލުއިވުމާ ގުޅުން ހުރި ކަމެކެވެ.

ގަވާއިދުން ވޯކްއައުޓް ކުރުމަކީ މީހާގެ ބަރުދަން ލުއިކުރުމުގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ނަމަވެސް، މުހިންމީ ހަމައެކަނި އެއީއެއް ނޫނެވެ. ހަމައެކަނި އިތުރު ކިލޯ ލުއި ކުރުމަށް މީޑިއަމަކަށް ވުމަށްވުރެ ކަސްރަތު ކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. 

މި ވާހަކަ މިހާރު އިންސްޓަގްރާމް އަށް ގެނެސްގެން އުޅެނީ އެކްޓަރު ސޮނާލީ ސޭގަލް އެވެ.

“އަހަރެމެން ތަރުބިއްޔަތު ކުރެވުނީ ހަމައެކަނި ބަރުދަން ލުއިކޮށް ހަށިގަނޑަށް ހެދުމަށް ކަސްރަތު ކުރާ ޖީލެއްގައި. ހިނގާ ސިއްރު ފަޅާލަމާ.”ސޮނާލީ އޭނާގެ އިންސްޓަގްރާމްއަށް ލީ ވީޑިއޯގައި ބުނެފައިވެއެވެ.

ސޮނާލީ އިތުރަށް ބުނީ، އޭނާގެ ނަޒަރުގައި ހަށިގަނޑަށް ވުރެ ފިޓްކޮށް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. "ރަނގަޅަށް ކެއުމާއި، ވޯކްއައުޓް ކުރުމާއި، މެޑިޓޭޝަން ކުރުމާއި މި ހުރިހާ ކަމެއް ވެސް އިތުރުވެގެން ދަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފިޓް ވެގެން،" ކަމަށް ސޮނާލީ ބުނއެވެ. 

އެނާ ބުނީ ކޮންމެ މީހަކީ ވެސް ކޮން ސައިޒެއްގެ މީހެއްކަން ބެލުން މުހިންމެއް ނޫންކަމަށެވެ. 

"ތިބާ ފިޓްކޮށް، އެއްވެސް ބައްޔެއް ނެތި ދުޅަހެޔޮ ސިއްހަތެއްގައި ހުރިހާ ހިނދަކު، އަދި އުފާވެރި ހުރިހާ ހިނދަކު ތިބާ ރަނގަޅު އަދި ރަނގަޅަށް ކަމެއް ކުރަމުންދާހާ ހިނދަކު ހުންނާނީ ރަނގަޅަށް”. އޭނާ ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް