ތިން ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓުކޮށް، ފަރުވާ ދިނުމަށް ފަހު އިއްޔެ އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސުން ބުނެ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން މިދިޔަ ހަފްތާގައި އައިޖީއެމްއެޗުގައި އެޑްމިޓު ކުރީ ޓެސްޓުތަކެއް ހެދުމަށެވެ.
ހިތުގެ މައްސަލައަކާ ގުޅިގެން ޓެސްޓުތައް ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާއިރު، އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ މެންދުރު ހައި ކޯޓުގައި އޮންނާނެ އެވެ.