
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 29 ވަނަ ދުވަހު، އުއްޗުގެ ދައުވަތަކަށް ގައުމީ ޓީމުން އުއްޗުގެ ރިސޯޓެއްގައި އެކުވެރިކަމުގެ މެޗެއް ކުޅުނެވެ. މި މެޗުން 1.2 މިލިއަން ރުފިޔާ ޓީމަށް އުއްޗު މެދުވެރިގެން ހޯދައިދެއްވިއެވެ. އެއީ އުއްޗު ދެއްވި 500،000 ރުފިޔާގެ އިތުރުން ސްޕޮންސަރުން މެދުވެރިކޮށް އުއްޗު ހޯއްދަވައި ދެއްވި އިތުރު 700،000 ރުފިޔާއެވެ.
މި ފައިސާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ ގޮތަށް ނިންމާފައިވީނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ފައިސާއެއް ނުދެއެވެ.
އުއްޗު އިންތިޒާމް ކުރެއްވި މި އެކުވެރިކަމުގެ މެޗާ އަދި އުއްޗު މެދުވެރިކޮށް ހޯއްދަވައިދެއްވި ސްޕޮންސަރާ އަދި ސީދާ އުއްޗު ދެއްވި ފައިސާއާއެކު ޖުމްލަ މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެފްއޭއެމަށް ދީފައިވާ ކަމަށް އުއްޗުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ކުރިން ވިދާޅުވިއެވެ. އަދި އެ ފައިސާ ކުޅުންތެރިންނަށް ނުލިބިގެން ކުޅުންތެރިންގެ ޝަކުވާވެސް އައިސްފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވިއެވެެ. އެ މެޗުން އުއްޗު ދެއްވި ފައިސާއާއި އަދި އުއްޗު މެދުވެރިވެގެން ހޯދައިދެއްވި ފައިސާ ކުޅުންތެެރިންނާ އޮފިޝަލުންނަށް ދިނުމުން އެންމެ ފުރަތަމަވެސް އުއްޗުވަނީ އިރުޝާދު ދެއްވާފައި ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.