މި ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އޭސީސީ އާއި ޓްރާންސްޕެރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.
މިއަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާގެ ނިޔަލަށް ބަނޑޮސް މޯލްޑިވްސް ގައެވެ.
އޭސީސީން ބުނީ މި އަހަރުގެ ކޮންފަރެންސްގެ މަގުސަދަކީ ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހީރާސް ދެނެގަނެ ނަޒާހަތްތެރިކަމާއިއެކު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.
މި ކޮންފަރެންސްގައި:
މިކޮންފަރެންސް ނިމިގެންދާއިރު، ކޮންފަރެސްގައި މަޝްވަރާކުރެވޭ މައްސަލަތަކަށް ހައްލުހޯދުމުގެ ގޮތުން ކޮންމެ ސެޝަނަކުން ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ޕްލެޖެއް ތައްޔާރުކުރާނެ އެވެ.
އެ ޕްލެޖުގައި ހިމެނޭކަންކަން ހާސިލުކުރުމަށް މަސައްްކަތްކުރާނެ އިދާރާތަކާއި، މަސައްކަތް ނިންމާނެ ތާރީހު ކޮންފަރެސްގައި ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްލެޖުގައި ފާހަގަކޮށްފައިވާ ކަންކަން ހާސިލުކުރެވެމުންދާ މިންވަރު އޭސީސީ އާއި ޓްރާންސްޕެެރެންސީން ބަލަމުންދާގޮތަށް ވަނީ ނިންމާފައެވެ.
އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން، ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވޭ——
މި ކޮންފަރެންސްގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ބައިނަލް އަގުވާމީ ޖަމިއްޔާތައްވެސް ބައިވެރިވެ އެވެ.
ކޮންފަރެންސްގައި ބައިވެރިވަނީ: