ލަވީ އަށް ދަރިއަކު ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ދަރިފުޅަށް މިހާރު ނަން ކިޔާފައިވާއިރު އެކުއްޖާއަށް ކިޔަނީ ރޮއިސް އެވެ. ގިނަ ބަޔަކު ލަވީއަށް މަރުހަބާ ކިޔަމުން އަންނައިރު މިހާތަނަށް ރޮއިސްގެ ފޮޓޯއެއް އަދި ހިއްސާކޮށްފައި ނުވެއެވެ.
ލަވީ އާއި ކޯޝިކް ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
ލަވީ އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި "ސާތު ނިބާނާ ސާތިއާ" ޝޯ އިންނެނެވެ. އެޝޯގައި އޭނާ ފެނިގެން ދިޔައީ ޕަރީދީ މޯދީ (ޖިގަރް މޯދީގެ އަންހެނުން)ގެ ރޯލުންނެވެ.
އޭގެ އިތުރުން ލަވީ ވަނީ "ކިޔާ ހުވާ ތެރަ ވާދާ" އަދި "ބަޅޭ އައްޗޭ ލަގުތޭ ހޭ" ގައި ވެސް މަސައްކަތް ކޮށްފައެވެ.