ނޭޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލްގައި އޮންނާނީ ޗައްތީސްގަރުގެ ރައިޕޫރުގައި މާދަމާއިން ފެށިގެން ތިން ދުވަހަށެވެ. މި ފެސްޓިވަލްގައި އިންޑިޔާގެ 28 ސްޓޭޓަކުން 1500 އަށްވުރެ ގިނަ އާޓިސްޓުން ބައިވެރިވާއިރު އިންޑިޔާއިން ބޭރުންވެސް އެތައް ގައުމަކުން ބައިވެރިވާނެއެވެ.
ރާއްޖޭން ބިދަބިން ބޮޑުބެރު ގްރޫޕު މި ފެސްޓިވަލްގައި ބައިވެރިވާއިރު، އިންޑޮނޭޝިއާ، މިސްރު، މޮންގޯލިއާ އަދި ނިއުޒިލަންޑާ މޮޒަމްބީކުގެ އާޓިސްޓުންނަށްވެސްވަނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ފެސްޓިވަލުން އެއްވަނަ ހޯދާ ބަޔަކަށް ފަސްލައްކަ ރުޕީސް ލިބޭނެއެވެ.