ads
ފިނޭންސް މިނިސްޓަރ އަމީރު
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ: މިނިސްޓަރު
އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތައް ލިބޭ ފައިސާ ވެސް އަދި ދައުލަތުގެ އާމްދަނީ ވެސް ރަނގަޅުވަމުން އަންނާނެކަމަށެވެ. 2021 ވަނަ އަހަރާ އަޅާބަލަ އިރު އަންނަ އަހަރުގެ އާމްދަނީ 21.8 އިންސައްތަ ކުރިއަރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ޓެކްސްގެގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެކަމަށާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

"ރާއްޖޭގެ އިގްތިސާދު ކޮވިޑް 19 ގެ ކުރިން އޮތް ހާލަތާ ބަލާއިރު އެ ހާލަތު ފަހަނަ އަޅާ ދާއިރު. ދައުލަތުގެ އާމްދަނީ ވެސް ބޮޑުވެގެން ދާނެ،" ފިނޭންސް މިިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް އަމާޒު ހިފާފައިވާނީ، ޑެފިސިޓްކުޑަކޮށް މާލީ ދެމެހެެއްޓެނިވި ކަމަށް، ރާއްޖެ ހޯދަމުން މިދާ އިޤްތިސާދީ ކުރިއެރުން ނުހުއްޓި ކުރިއެރުމަށް ކަމަށެވެ. އަދި މެނިފެސްޓޯ ތަންފީޒްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވައުދުތައް ފުއްދުމަށް، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް