ads
ކެޓްރީނާ އަދި ވިކީ
ކެޓްރީނާ އާއި ވިކީވެސް ޒުވާބުކުރޭ
ސިއްރުން އެތަކެއްދުވަހު ރަށްޓެހިވެގެން އުޅުމަށްފަހު، ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރު އެވެ. މި ދެމީހުންނަކީ ބޮލީވުޑުގެ ޖޯޑުންގެ ތެރެއިން އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.
Advertisement

ބަލާލަން ތިބޭ މީހުންނަށް މި ދެމީހުންގެ ގުޅުމަކީ އެންމެ ފުރިހަމަ ގުޅުމެއް ކަމަށް ހީވިޔަސް އެހެން ގުޅުންތަކެކޭ އެއްގޮތަށް އެ ދެމީހުންގެ ދެމެދުގައި ވެސް މައްސަލަ ޖެހި ޒުވާބުކުރަންޖެހޭ ވަގުތުތައް އަންނަ ކަމަށް ކެޓްރީނާ މިފަހުން ވަނީ ހާމަކޮށްފައެވެ.

ކެޓްރީނާގެ އާ ފިލްމް ފޯން ބޫތުގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި އޭނާ އާއި ވިކީގެ ކައިވެންޏާއި ބެހޭގޮތުން ކުރި ސުވާލުތަކަށް އޭނާ ވަނީ ޖަވާބުދީފަ އެވެ. 

ވިކީގެ އެންމެ ޓޮލަރޭޓުކުރަންޖެެހެނީ ކޮން ސިފައެއްތޯ ކެޓްރީނާ ކައިރީ އެހެމުން ބުނީ، ވިކީގެ ގޮތްދޫ ނުކުރުން ކަމަށެވެ. ވިކީއަކީ ވަރަށް ލޯބި ކެއަ ކުރާ މީހެއް ނަމަވެސް ބައެއް ކަންކަމުގައި ގޮތްދޫނުކުރުން ގެންގުޅޭ ކަމަށް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ ބުނިގޮތުން ކައިވެންޏަށްފަހު އޭނާ އަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އަަނެކާއަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު ދޭންވާނެ ކަން ކަމަށެވެ.

އެގޮތުން ޒުވާބުކުރާ ދަނޑިވަޅުތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ވިކީއަށް އެއްގޮތަކަށްވެސް ނުދޭ ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ވިކީއަށް ވެސް ވާހަކަދައްކަން ފުރުސަތު ދޭންވާނެ ކަން ކެޓްރީނާ އަށް ފިރިމީހާ ވިކީ ހަދާންކޮށްދޭ ކަމަށް ކެޓްރީނާ ބުންޏެވެ.

އޭނާ ބުނީ އޭނާ މިހާރު ދަނީ އެކަމަށް ހޭނެމުން ކަމަށެވެ. 

ބޮލީވުޑް ކަޕްލްއިން ތެރެއިން މަޝްހޫރު ކަޕްލްސް، އައިޝްވާރިޔާ އާއި އަބީޝޭކް އަދި މީރާ އާއި ޝާހިދު ފަދަ ދެމަފިރިންވެސް މައްސަލަޖެހި ޒުވާބުކުރާކަން އެމީހުން ވަނީ ހާމަކޮށްފަ އެވެ. 

އެގޮތުން ޝާހިދު ބުނާގޮތުން އެ ދެ މީހުންގެވެސް މަހެއްގެ ތެރޭގައި އެއް ފަހަރު ނަމަވެސް ޒުވާބު ގަނޑެއް ދެ އެވެ. އަދި އެގޮތަށް ޒުވާބުކުރާ ފަހަރުތަކުގައި 15 ދުވަސްވަންދެން އެކަކު އަނެކާއި ވާހަަކަ ނުދައްކާ އެ ރުޅިއެއްގައި ތިބެދާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެކަންކަން ވާހަކަ ދައްކައިގެން އެންމެ ފަހުން ނިމޭނީ ހައްލުވެގެން ކަމަށާއި، ކޮންމެ ދެ މަފިރިއެއްގެ ދެެމެދުގައި ވެސް މައްސަލަތައް ޖެހޭނެ ކަން އަދި ޖެހެން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ. 

އެގޮތަށް ޒުވާކުރާއިރު ކޮންމެ ފަހަރަކު ވެސް ދެބަސްވުންތައް ހުއްޓާލަނީ ޝާހިދު މައާފަށް އެދިގެން ކަމަށް މީރާ ވަނީ މީގެ ކުރިން އިންޓަވިއުއެއްގައި ބުނެފަ އެވެ. މީރާ ބުނާ ގޮތުން ނަމަ ހުރިހާ ދެބަސްވުންތަކުން މޮޅުވަނީ އޭނާއެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް ވެސް ބުނިގޮތުން އެދެމީހުން ކޮންމެ ދުވަހަކު ޒުވާބުކުރެ އެވެ. އަބީޝޭކް ބުނިގޮތުން ދެމަފިރިން އެކަކު އަނެކަކާއި ޒުވާބު ނުކުރާނަމަ ވަރަށް ފޫހިވާނެ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް