އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި، އަހްމަދު ދާއޫދު ސީއީއޯގެ މަގާމަށް އައްޔަނު ކުރެއްވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
ޑެޕިއުޓީ ސީއީއޯގެ މަގާމުގެ ކުރިން އެ ހޮސްޕިޓަލުގެ މެނޭޖަރުކަންވެސް އަހްމަދު ދާއޫދު އަދާކޮށްފައިވެ އެވެ. މީގެ ކުރިން ދިރާގާއި މީރާގައި މަސައްކަތް ކޮށްފައިވާ އަހްމަދު ދާއޫދަކީ، ޔުނިވާސިޓީ އޮފް އިންގުލެންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ކޭއާރުއެޗް އަކީ ހެލްތް މިނިސްޓްރީ އާއި ވަކިން، ވަކި ގަވަނިން ބޯޑެއްގެ ދަށުން ހިނގަމުން އަންނަ ހޮސްޕިޓަލެކެވެ. މިބަދަލު ގެނެސްފައިވަނީ، މިދިޔަ އަހަރު ކުރީކޮޅެވެ. ގަވަނިން ބޯޑުގައި ހަ މެންބަރުން ތިއްބަވަ އެވެ.