ގައުމީ ޓީމުގައި ހިމެނެނީ އޮކްޓުބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޖޫނިއާ ޗެމްޕިއަންޝިޕުގެ ކޮންމެ އުމުރުފުރާއަކުން އެންމެ ރަނގަޅު ހަތަރު އެތުލީޓުންނެވެ. މިދިޔަ އަހަރާ ހިލާފަށް އެމްއެސްއޭ އިން ވަނީ ޖޫނިއާ ގައުމީ ޓީމެއް އެކުލަވާލަން، މި އަހަރު މުޅިން އަލަށް ޖޫނިއާ ގައުމީ ސާފިން ޗެމްޕިއަންޝިޕެއް ކުރިއަށް ގެންގޮސްފަ އެވެ. މުބާރާޓް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.