ads
މިނިސްޓަރު ނަސީމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ——ފޮޓޯ: ސީއެންއެމް
ކުދި ރަށްރަށަށް ކުދި އެމްބިއުލާންސް، ގެންނަނީ ޗައިނާ މެދުވެރިކޮށް
ކުދި ރަށްރަށަށް ފޮނުވުމަށް މަސައްކަތް ކުރަމުންދަނީ ކުދި އެމްބިއުލާންސް ކަމަށާއި، އެ އެމްބިއުލާންސްތައް ޗައިނާ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްބިއުލާންސެއް ނުލިބިގެން ރަށު ޕިކަޕުގައި މީހުން އުފުލުން ވަނީ އާންމުވެފަ އެވެ.  

މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މިހާތަނަށް ވަނީ 137 ރަށަކަށް އެމްބިއުލާންސްތައް ފޮނުވާފައެވެ. 

މިއަދުގެ މަޖިލީހުގަައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ މިހާރުވެސް އެމްބިއުލާންސް ނެތް ރަށްރަށް ތިބިކަން ފާހަގަކުރައްވާ އެރަށްރަށަށް އެމްބިއުލާންސް ފޮނުވޭވަރުވާނީ ކިހާ ތާކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރަމުންދަނީ ތަންކޮޅެއް ކުދި ރަށްރަށަށް ކުދި އެމްބިއުލާންސް ގެނައުމުގެ އިންތިޒާމު ހަމަޖައްސަމުގެ މަސައްކަތް ކަމަށެވެ. 

”ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރު ވާނީ ވާހަކަދައްކާފައި ޗައިނާ އާއި، ޗައިނާ އާއި ވާހަކަ ދައްކައިގެން، ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް އެބަ ހަދާ އެތަނުގައި،“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުދި ރަށްރަށަށް މިހާރު ހުރި ބޮޑެތި އެމްބިއުލާންސްތައް ފޮނުވުމުން އޭގެ ބޭނުން އެރަށްރަށުގައި ނުކުރެވޭ ކަމަށާއި، އެރަށްރަށުގެ ކުދި މަގުތަކަށް އެތަކެތި ނުފެތޭ ކަމަށެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ގުޅިގެން ކުރަމުންދާ އެމަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ފަހުން މައުލޫމާތު އަރުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް