ads
މާމެންދޫ ސިއްހީ މަރުކަޒު މަސައްކަތް ރާއިޒާ ކުންފުންޏާއި ހަވާލުކުރީ ނިމުނު އޮކްޓޫބަރުގައި
މާމެންދޫ ސިއްހީ މަރުކަޒު ބޮޑުކުރުން އަދި ލެބޯޓަރީ އެޅުން 2023 އަށް ނިމޭނެ
ނިލަންދޫ ސިއްހީ މަރުކަޒު ބޮޑުކުރުމާއި، ލެބޯޓަރީ ވެސް 2023 އަށް ނިމޭނެ
ގއ. މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު ބޮޑުކުރުމާއި، އަލަށް ގާއިމުކުރާ ލެބޯޓަރީގެ މަސައްކަތް އަންނަ 2023 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަަސައްކަތް ލަސްވަމުންދާތީ މިއަދުގެ މަޖިލީހުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބުދެެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، މާމެންދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށް އަޅާ އިމާރާތު މަސައްކަތަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއު އެއް ކަމަށެވެ.

އެމަސައްކަތް ކުރިއަށް ނުދާތީ އެ އެއްބަސްވުން އުވާލައި އެމަސައްކަތް މިހާރު ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކްސްޓެންޝަން އިމާރާތާއި، ލެބޯޓަރީ އިމާރާތް އެޅުމަށް ކޮންޓެރެކްޓަރަކާއި ހަވާލުކޮށް މިހާރު ދަނީ އެ މަސައްކަތް ކުރެވެމުން ކަމަށެވެ.

”އަދި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ އަށް ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ، “ މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މާމެންދޫ ސިއްހީ މަރުކަޒު މަޝްރޫއު މިހާރު ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ، ރައިޒާ ޕްރައިވެޓް ލިމިޓެޑާ އެވެ. 

ޖުމްލަ 4.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެމަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސްތެރޭ ނިންމާގޮތަށް މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ އިތުރުން އެއަތޮޅު ނިލަންދޫގެ ސިއްހީ މަރުކަޒު ބޮޑުކުރުމާއި ލެބޯޓަރީއެއް އެޅުމުގެ  މަސައްކަތްވެސް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް މިއަދުގެ މަޖިލީހުގައި ފާހަގަކުރެެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނިލަންދޫގެ ސިއްހީ މަރުކަޒު ބޮޑުކުރުންވެސް ފުރަތަމަ ހަވާލުކުރެވިފައި އޮތީ ކައުންސިލާއި ނަމަވެސް އެމަސައްކަތްވެސް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

” ސިއްހީ މަރުކަޒު އެކްސްޓެންޝަން މަސައްކަތާއި، އަލަށް އަޅާ ލެބޯޓަރީގެ މަސައްކަތް ހިނގަމުން ނުދާތީ އެއްބަސްވުން ބާތިލުކޮށް، މިހާރު އެމަސައްކަތް ކުރަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުން. އެކަމަށް ކޮންޓްރެކްޓްރަކު ހޯދުމަށް ކުރެވުނު ދެ އިއުލާންއަށް ވެސް ލިބިފައިވާ ބިޑްގެ މާބޮޑަށް އަގުބޮޑުކަމަށް ފެންނާތީ އަލުން އިއުލާންކުރުމަށް ވަނީ ހަމަޖެހިފައި، “ މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމަޝްރޫއުގެ މަސައްކަތްވެސް އަންނަ އަހަރުގެ އެޕްރީލަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި، އެ ޓާގެޓަށް މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކޮށްދޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް