އެންމެ ފަހުން ކާތިކް ކުޅުނު "ބޫލް ބުލައްޔާ 2" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މިހާރު އޭނާ ތައްޔާރުވަމުން އަންނަނީ ޝަޝަންކާ ގޯޝް ގެ "ފްރެޑީ" ކިޔާ ފިލްމަށެވެ. އެ ފިލްމަށް ތައްޔާރުވާން އޭނާ ބަރުވުމުގެ މަސައްކަތް ކުރާއިރު، ފިލްމުގައި ދައްކުވައިދެނީ ޑެންޓިސްޓަކަށް ދިމާވާ ހަދިސާ ތަކެކެވެ.
މި ފިލްމުގައި އުުމުރުން 31 ގެ ކާތިކް ކުޅެންޖެހޭ ރޯލަކީ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހެއްގެ ރޯލުކަމަށްވާތީ، ފަލަވުން އެއީ ކާތިކް އަމިއްލައަށް ނިންމި ނިންމުމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާތިކްއަށް ބަރުވުން އެއީ މާ އުނދަގޫކަމެއް ނޫންކަމަށާއި، އޭނާ މިހާރު ވަރަށް ގިނައިން އޭނާގެ މަންމަ ކައްކާ އެއްޗެހި ކާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.