ads
ތަރުޖަމާން މިއުވާން
”ޗާގޯސް މައްސަލާގައި ގޯހެއް ހަދާފަައެއް ނުވާނެ، ސްޓޭންޑު ބަދަލެއް ނުވާނެ “
ޗާގޯސް މައްސަލާގައި ގޯހެއް ހަދާފައި ނުވާނެ ކަމަށާއި، އެމައްސަަލާގައި ސަރުކާރުން މިހާރު ނަގާފައިވާ ސްޓޭންޑުވެސް ބަދަލުނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

ރައީސް އޮފީހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މިއުވާން ވިދާޅުވީ، ޗާގޮސް މައްސަލާގައި މިހާރު ނިންމާފައިވާ ނިންމުމަކީ ބައިނަލްއަގުވާމީ ކޯޓަކުން ނިންމާފައިވާ ނިންމުމެެއް ކަމަށާއި، އެކަމުގައި އިތުރަށް ސަރުކާރުން  ނަގާފައިވާ ސްޓޭންޑު ބަދަލުކުރާކަށް ނުޖެހޭނެ ކަމަށެވެ.

”ޗާގޮސް މައްސަލާގައި ދިވެހި ސަރުކާރުން ދެން އިތުރަށް ނިންމަންޖެހޭ ކަމެއް ނުވަތަ ރައީސް ޔާމީން ބަދަލުކުރަންޖެހޭ ކަމެއް ނޯންނާނެ، މިހެން މިދެންނެވީ ބައިނަލް އަގުވާމީ ކޯޓަކުން ނިންމި ނިންމުމެއް މިހާރު ނިމިފަ އެއޮތީ، މިހާރު ކުރިއަށް މިދަނީ އަނެއްކާވެސް ބައިނަލް އަގުވާމީ ޓްރައިބިއުނަލް ކުރިއަށްދާ މައްސަލައެއް. އެހެންވީމައި މިކަމުގައި އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ނަގާފައިވާ ސްޓޭންޑެއް ދެން އިތުރަށް ބަދަލުކުރާކަށް ނުޖެހޭނެ، “ މިއުވާން ވިދާޅުވި އެވެ.

މިއުވާން މިހެން ވިދާޅުވީ، ޗާގޮސް މައްސަލާގައި ސަރުކާރުން މިހާރު ނަގާފައިވާ ސްޓޭންޑް ރައީސް ޔާމީން ވެރިކަމަށް އަތުވެއްޖެނަމަ ބޮލައިލާ ޖަހާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަމަށް ސަރުކާރުގެ ބަހެއް ސާފުކޮށްދިނުމަށް ނޫސްވެރިއަކު މިއަދުގެ ބައްދަލުވުމުގައި އެދުމުން ނެވެ.

މިއުވާން ވިދާޅުވީ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްގެން އިތުރަށް ބަދަލުވާނެ ކަމެއް ދެން ނޯންނާނެ ކަމަށެވެ.

އައިސީޖީން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އދ. އަށް ހުށަހެޅިއްޖެނަމަ ރާއްޖެއިން ވޯޓުދޭނެ ގޮތަކާއި ގުޅޭގޮތުން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތަކާއި އެެއްގޮތަށް ވޯޓު ދެއްވިދާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ޑީކޮލަނައިޒޭޝަނަށް ތާއިދުކުރުން ކަމަށް މިއުވާން ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ވޯޓު ދޭނީ ވެސް ޑީކޮލަނައިޒް ވުމަށް ކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށް މިއުވާން ވިދާޅުވި އެވެ.  

މިއުވާން ވިދާޅުވީ، ރައީސް ޔާމީން އެ ސްޓޭންޑު ބަދަލުކޮށް ބައިނަލް އަގުވާމީ ކޯޓުތަކުގެ ހުކުމްތަކާއި ހިލާފުވާން ބޭނުންވާނަމަ އެކަން ކުރަށްވަންވީ ކަމަށާއި، އެކަމަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.

”ލިބެން އޮތް އެންމެ ބޮޑުކޮށް ހޯދުމަށް މިދަނީ މަސައްކަތްކުރުން

މިއުވާން ވިދާޅުވީ، މީގެ ކުރިންވެސް މަޝްވަރާކުރެވެމުން އައީ ޗާގޯސްގެ ބައެއް ރާއްޖެއަށް ހޯދުމަށް ނޫންކަމަށާއި، މަޝްވަރާކުރެވިފައި ހުރީ ފުށޫއަރާ ސަރަހައްދުން އިކިއުޑިސްޓެންސްގެ އުސޫލުގައި ރާއްޖެއަށް ލިބެންޖެހޭ ބޮޑުބައެއް ހޯދުމަށް ކަމަށެވެ. 

އަދި މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ވެސް އެއީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް