ads
އުމުރުން ދުވަސްވީ މީހުންގެ ފެޝަން ޝޯއަކުން އާޝޯހުކަން
އުމުރުން 110 އަހަރުގެ މޮޑެލުން ވެސް ފެޝަން ޝޯއެއްގަ ބައިވެރިވެއްޖެ
ފްރާންސްގެ ވެރިރަށް ޕެރިސްގައި ބޭއްވި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ މަސްހުނި ފެޝަން ޝޯއަކުން އެތައް ބަޔަކު އާޝޯހު ކޮށްލައިފިއެވެ.

މި ފެޝަން ޝޯގައި ބައިވެރިވި އުމުރުން ދުވަސްވީ މޮޑެލުންގެ އުމުރަކީ 90 އަހަރުން ފެށިގެން ގޮސް 110 އަހަރެވެ. 

ޗެރިޓީ ލެސް ޕެޓިޓްސް ފްރެރެސް ޑެސް ޕައުވްރެސް ކިޔާ ޖަމިއްޔާ އިން މި ބައިނަލްއަގުވާމީ ފެޝަންޝޯ އިންތިޒާމްކުރީ ފެޝަން ސްކޫލް ލިސާ މޯޑް ޕެރިސްއާ ގުޅިގެން "އުމުރުން ދުވަސްވުމުން ރީތި ނުވޭނެ" ކަމަށް ބުނާ ވިސްނުންތަކަށް ގޮންޖަހާށެވެ. 

your imageއުމުރުން ދުވަސްވީ މީހުންގެ ފެޝަން ޝޯއަކުން އާޝޯހުކަން

މި ޝޯގައި އުމުރުން 90 އަހަރުން މަތީގެ މޮޑެލުން ވަނީ ޒުވާން ކުދިންނާއެކު ޗާލު ހެދުންތައް އަޅައިގެން ސްޓޭޖް މަތީގައި ހިނގާފައެވެ. 

"މި ހަނދާންތައް ފުހެލަން އެތައް ޒަމާނެއް ނަގާނެ. ވަރަށް އުފާވެއްޖެ،" އުމުރުން 90 އަހަރުގެ ޑެއީސީ ސަލްމޮން މި ޝޯއަށްފަހު ބުންޏެވެ.

your imageއުމުރުން ދުވަސްވީ މީހުންގެ ފެޝަން ޝޯއަކުން އާޝޯހުކަން

މި ޝޯގައި ބައިވެރި ޒުވާން ކުދިން ވެސް ތިބި އުމުރުން ދުވަސްވީ މޮޑެލުންނާއެކު މަސައްކަތްކުރެވުނީތީ ވަރަށް އުވާވެފައެވެ. 

"ކީއްވެތޯ ދޮށީ އުމުރުގެ މީހުންނަށް މިކަން ނުވާންވީ؟ އަހަރުމެން ވަރަށް އަވަހަށް އެމީހުންގެ މަތިން ހަދާން ނެތޭ،" މި ޝޯގައި ބައިވެރިވި އުމުރުން 21 އަހަރުގެ ކްރިސްޓިއަން ގޮންޒަލޭޒް ބުންޏެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް