ads
ހާޖަރާގޭ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ
ހާޖަރާގޭ ލުތުފީ މަރަން ހުކުމް ކުރިކަން އެނގޭތަ؟
ދިވެހިރާއްޖެއަށް މި ފަހުގެ ތާރީޚުގައި ދިމާވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ތަމަޅަ ބާގީންގެ ހަތިޔާރު އެޅި ބަޔަކާއެކު ދިވެންގެ ބަޔަކު ހިމެނިގެން ރާއްޖެއަށް ދިން ނުރައްކާތެރި ހަމަލާއެވެ. މި ހަމަލާގައި 19 ދިވެހިން ޝަހީދުވިއިރު، ހަމަލާގެ އިސް އެއް މޭސްތިރިއަކީ ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ.

މި ހަމަލާގައި ރާއްޖެއާ ދިމާކުރި ފިނޑިން ބަލިވެ ފަހަތަށް ޖެހުނީ ދިވެހި ހިއްވަރު ގަދަ ސިފައިންގެ މަސައްކަތުންނެވެ. އެ ދުވަހުގެ ހަމަލާގެ އިސް އެއް މޭސްތިރިކަމަށްވާ ލުތުފީގެ މައްޗަށް ޝަރީއަތް ކުރެވި ހުކުމް ކުރެވުނީ މަރާށެވެ. 

އޭރުގެ ގާނޫނުތައް އޮތް ގޮތުން ރާއްޖޭގެ އޭރުގެ އެންމެ މަތީ ކޯޓަކީ ދިވެހިރާއްޖޭގެ ހައިކޯޓެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ބައިވެރިވީ މީހުންގެ މައްސަލަ ހުށަހެޅުނީ 7 މާރިޗު 1989 ގައެވެ. އޭރު ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ ކުރަނީ އެޓާނީ ޖެނެރަލްއެވެ. 

3 ނޮވެމްބަރު 1988 ދުވަހު އަބްދުﷲ ލުތުފީ ހަތިޔާރު އެޅި މީހުންނާއެކު މާލޭގައި ހިންގި ހަގުރާމައިގައްޔާއި އަދި އެއާ ޖެހިގެން އައި ދުވަހު އެމްވީ ޕްރޮގްރެސް ލައިޓްގައި ހިންގި ހަނގުރާމަވެރި އަމަލުތަކުގެ ސަބަބުން މަރުވެފައިވާ 19 މީހުންގެ މަރާ ގުޅިގެން، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން އަބްދުﷲ ލުތުފީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި.. ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މެރުމަށް ހުކުމްކޮށްފީމެވެ.. ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް

ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ލުތުފީގެ މައްސަލަ ބެއްލެވީ އޭރުގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ ރިޔާސަތުގައި އިންނަވައިގެން އިތުރު 2 ފަނޑިޔާރުންނާއެކު ޖުމްލަ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި އުއްތަމަ ފަނޑިޔާރާއެކު ދެން ހިމެނިވަޑައިގަންވަނީ ފަނޑިޔާރު އިބްރާހިމް ނަސީރާ ފަނޑިޔާރު އަބްދުﷲ އާދަމެވެ. 

ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން 3 ނޮވެމްބަރު 1988 ގައި ، 19 ދިވެހިން ޝަހީދުކޮށްލުމުގައި ބައިވެރިވި ލުތުފީ މަރަން 12 އޮގަސްޓް 1989 ގައި ހުކުމް ކުރިއެވެ. އެހެންނަމަވެސް އެ ހުކުމް ތަންފީޒެއް ނުކުރެއެވެ. 

17%
ކަމުގޮސްފި
83%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް