ads
ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފަައި
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސްރޫއު ނިންމާލައިފި
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސްރޫއުގެ މަސައްކަތް ނިމިއްޖެ އެވެ.

މިއީ ހައުސިން މިނިސްޓްރީގެ ފަރާތުން ޖުމްލަ  41.1 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއު އެކެވެ.

މަސްރޫއުގެ ދަށުން، 1200 ކިއުބިކް މީޓަރުގެ ފަޗާ ސަރަހައްދު ފުންކުރުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ތޮށި ލުމާއި، 110ލީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައި ވެއެވެ. އަދި، 90 މީޓަރު ސަރަހައްދެގައި ގޮރޮއިންސް ޖެހުންވެސް ހިމެނެއެވެ.

your imageކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފަައި

ކެންދޫ އަކީ 1390 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިރަކީ ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ބިމުގެ ބޮޑުމިނުގައި 17.9 ހެކްޓަރު ހުންނަ މި ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ވނީ ލިބިފައެވެ. އަދި އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ނެތިގެން ގޮސްފައެވެ. އިރުއުތުރު ފަރާތުން ގާތްގަނޑކަށް 20 ފޫޓައްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ދިޔުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކުންވެސް ވަނީ ފަސްގަނޑު ގިރައިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް