ސަބާ މިހެން ބުނި ނަމަވެސް ސޯޝަލް މީޑިއާގައި ސަބާ ލާފައިވާ ވީޑިއޯތަކުންނާ ފޮޓޯތަކުން ރިތިކް މާބޮޑުކަމެއް ކޮށްދޭތަނެއް ނުފެނެއެވެ. މިހެން ކަމުން ސުވާލަކީ ރިތިކް ކޮށްދިނީ ކީއްހެއްޔެވެ؟
ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުމުރުން 37 އަހަރުގެ ސަބާ ބުނީ އޭނާގެ އުފަން ދުވަހުގައި އޭނާ ބެނުންވަނީ ހަމަހިމޭންކަމެވެ.
އެނާ ރިތިކްއާއެކު އުފަން ދުވަސް ފާހަގަކުރަން ވަނީ، ޖިމްގައި ކަސްރަތު ކުރުމާ، ޑާންސް ކުރުމުގެ އިތުރުން އަވީގައި އޮށޯވެގެން އޮވެ ސަން ބާތެއް ނަގައިގެންނެވެ.
"އަހަރެންގެ އުފަން ދުވަސް ބޭނުންވާގޮތައް ފާހަގަކުރެވިއްޖެ. މި ދުވަސް ހާއްސަ ކޮށްދިނީ ރިތިކް،" ސަބާ ބުންޏެވެ.
ސަބާ ވަނީ ރިތިކްގެ އިތުރުން އޭނާއަށް މަލާއި ހެޔޮއެދުންތައް ފޮނުވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ މިހާރު އެނާގެ ގެ ހީވަނީ މާތަކުން ފުރި ބަގީޗާއެއް ހެން ކަމަށެވެ.