ads
ޕްރިޔަންކާ ޗޯޕުރާ
ޕްރިޔަންކާ ވަނީ މިސްވޯލްޑު ޓައިޓަލް ވަގަށް ނަގާފަ: މިސް ބާބަޑޮސް
ބޮލީވުޑްގެ ސުޕަ ސްޓާ އަދި މިސް ވޯލްޑު ޕްރިޔަންކާ ޗޯޕްރާ އޭނާގެ ނުފޫޒު ބޭނުންކޮށްގެން މިސްވޯލްޑް ޓައިޓަލް "ވަގަށްނަގާފައި" ވާކަމަށް 2000 ވަނަ އަހަރުގެ މިސް ބާބޮޑޮސް ކާމިޔާބުކުރި ލިއެލާނީ ތުހުމަތުކޮށްފިއެވެ.

ޕްރިޔަންކާއަށް މިސް ވޯޑް ޓައިޓަލް ލިބުނީ 2000 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ 20 އަހަރު ފަހުން މިސް ބާބަޑޮސް  ލިއެލާނީ މި ތުހުމަތުތައް ކޮށްފައިވަނީ އެނާގެ ޔޫޓިއުބު ޗެނަލުގައެވެ. 

ލިޔެލާނީ ވަނީ އެ އަހަރު ޕްރިޔަންކާއާއި އެކު މިސްވޯލްޑަށް ވެސް ވާދަކޮށްފައެވެ. 

އޭނާ މިތުހުމަތުތައް ކުރީ "މިސް ޔޫއެސްއޭ 2022" ގެ ކަންކަން އިންސާފުން ނުދާކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ތަހުގީގެއް ފަށާފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. 

އޭނާ ބުނީ 1999 ވަނަ އަަހަރުގެ މިސް ވޯލްޑު ޓައިޓަލް ގެންދިޔައީ އިންޑިއާއިން ކަމަށެވެ. އަދި 2000 ވަނަ އަަހަރު މިސްވޯލްޑު ހޯސްޓުކުރީ ވެސް އިންޑިއާގެ މަޝްހޫރު ޒީ ޓީވީންކަމަށެވެ. އަދި ނޫސްތަކުގައި އެހެން މޮޑެލުންގެ ފޮޓޯ ކުޑަކޮށްޖަހާއިރު، ޕްރިޔަންކާގެ ފޮޓޯ ވެސް ޖަހަނީ ބޮޑުކޮށް ކަމަށެވެ. 

"ސުވިމިންގަ ވެސް ޕްރިޔަންކާއަށް ވަކިކަަހަލަ ހެދުމެއް ލާން ހުއްދަ ލިބުނީ ކިހިނެތޯ؟ ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅުނު އެހެން މޮޑެލުންނާ ޕްރިޔަންކާއާއި މެދު،" ލިއެލާނީ ބުންޏެވެ. 

your imageޕްރިޔަންކާ (ކ) އަދި މިސް ބާބަޑޮސް 2000 (ވ)

އޭނާ ތުހުމަތުކުރި ގޮތުން ޕްރިޔަންކާގެ ކާތަކެތި ވެސް އޭނާގެ ކޮޓަރިއަށް ގެންގޮސްދޭ އިރު، އެހެން އެންމެންނަށް އެފަދަ ހިދުމަތެއް ނުދޭކަމަށެވެ. 

އެންމެފަހުން ފައިނަލް އޮތް ރޭގައިވެސް، ޕްރިޔަންކާގެ ހެދުން ވެސް ފަހާފައި ހުރީ އެހެން މީހުންގެ ހެދުމަށްވުރެ މޮޅު ފޮތިން ރީތިކޮށް ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ. 

"ޕްރިޔަންކާ ދިޔައީ ހަމުގެ ކުލަ އެއްގޮތްކުރަން ކްރީމެއް ބޭނުންކުރަމުން. އެކަމަކު އެނާގެ ހަންގަނޑަކީ ވަރަށް ލައްގިނަ ހަންގަނޑެއް. އެކަން ފޮރުވަން ވަކި ހެދުމެއް ޕްރިޔަންކާވީމަ ލެވޭ،" އޭނާގެ އުދާސްތައްް ބަންޑުންކޮށްލަމުން ބުންޏެވެ. 

މި ތުހުމަތުތަކާ ގުޅިގެން ޕްރިޔަންކާގެ ފަރާތުން އަދި އެއްވެސް ރައްދެއްނުދެއެވެ. 

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް